ތުރުކީ ވިލާތުގެ އަންހެނަކު ސީރިއާގެ ރެފިއުޖީ ކުދިންތަކަކަށް ރެސްޓޯރެންޓަކުން ކާންދިނުމަށްފަހު ބިލް ނުދައްކާ ފިލައިފި އެވެ.
ސީރިއާގެ މީޑިއާއެއްގައި ބުނެފައިވަނީ ސީރިޔާގެ މަގުމަތީގައި ސަލާންޖަހަންތިބި 35 ރެފިއުޖީ ކުދިން ގޮވައިގެން ރެސްޓޯރެންޓަކަށް ދިޔައީ ތުރުކީވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށާއި ގޮސް އެ ކުދިންނަށް ވާވަރަށް އޯޑަރު ކުރުމަށްފަހު ޑޮލަރު މާރުކުރުމަށް ކަމަށްބުނެ ރެސްޓޯރެންޓުން ނުކުތުމަށްފަހު ހަބަރެއް ނުވާ ކަމަށެވެ.
"ރެފިއުޖީންނަށް ކާންދިނުމަށް އެ އަންހެންމީހާ އޯޑަރުކުރީ 10 ބީފް ކަބާބް އަދި 25 ކުކުޅު ކަބާބް، ކާންދިނުމަށްފަހު ޑޮލަރު މާރު ކުރަންކަމަށްބުނެ ބޭރަށް ދިޔައީ ފަހުން ހަބަރެއް ނުވޭ" މީޑިއާއަށް މައުލޫމާތުދެމުން ރެސްޓޯރެންޓުގެ އޯނަރު ބުނެފައި ވެ އެވެ.
ރެފިއުޖީ ކުދިންނަށް ކާންދިން ރެސްޓޯރެންޓްގެ ބިލަށް 95 ޑޮލަރު އަރާފައިވާއިރު އެ އަންހެން މީހާ ބޭރަށްދިޔައީ އަތުގައި ހުރި ޔޫރޯ މާރު ކުރަން ކަމަށްބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް