ދިރާގާއި ސްޕާކްހަބުން ލީން ސްޓާޓްއަޕް މޯލްޑިވްސް 2024 – އައްޑޫ އެޑިޝަން ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފި

ދިރާގާއި  ސްޕާކްހަބް އިން ކުރިއަށްގެންދިޔަ ލީން ސްޓާޓްއަޕް މޯލްޑިވްސް 2024 – އައްޑޫ އެޑިޝަން ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސަފައިވަނީ 19 އިން 21 ޖުލައި 2024 ...

23 Jul 2024 | 16:42

ދިރާގާއި  ސްޕާކްހަބް އިން ކުރިއަށްގެންދިޔަ ލީން ސްޓާޓްއަޕް މޯލްޑިވްސް 2024 – އައްޑޫ އެޑިޝަން ވޯކްޝޮޕް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސަފައިވަނީ 19 އިން 21 ޖުލައި 2024 އަށެވެ. މި ހަރަކާތުގައި ރާއްޖޭގައި އިނޮވޭޝަނާއި ވިޔަފާރިކުރިއެރުވުމަށްޓަކައި ލީން މެތަޑޮލޮޖީތައް ބޭނުންކުރާނެގޮތް ދަސްކުރުމަށް ޝައުގުވެރިވި 50 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސް 2024 - އައްޑޫ އެޑިޝަން އަކީ ޕްރޮޑަކްޓް، ކަސްޓަމަރު އަދި ވިޔަފާރި މޮޑެލް ބިނާކުރުމަށް ބޭނުންވާ 'ލީން މެތަޑޮލޮޖީ' އާއި އަމަލީ މަސައްކަތާ ގުޅޭ ގޮތުން ދަސްކޮށްދޭ ބޫޓްކޭމްޕެކެވެ. މި ޕްރޮގްރާމަކީ އުއްމީދީ ޒުވާން ވިޔަފާރިވެރިންނާއި އީޖާދުންނަށް ވިޔަފާރިވެރިކަމާއި އިނޮވޭޝަން ހިންގުމަށް ބޭނުންވާ ޒަރޫރީ ޢިލްމާއި ވަސީލަތްތަކާއި ވިސްނުން ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕްގެ ބައިވެރިން ވަނީ ލީން މެތަޑޮލޮޖީގެ އުޞޫލުތައް އެފަރާތްތަކުގެ މަސައްކަތުގެ އެކި  ޕްރޮސެސްތަކާއި ސްޓާޓްއަޕްތަކަށް އެޕްލައި ކުރެވިދާނެ ގޮތުގެ އިލްމާއި ހުނަރު ހޯދާފައެވެ. މި ހަރަކާތުގެ ސަބަބުން ކަސްޓަމަރ ވެލިޑޭޝަން އާއި އެކްސްޕެރިމެންޓޭޝަން ގެ ޒަރިއްޔާއިން ޚިޔާލުތައް ދެނެގަތުމުގެ ތަފާތު ޕްލެޓްފޯމެއްވެސް ބައިވެރިންނަށް ލިބިގެން ދިޔައެވެ. އަދި ތަފާތު އެކްސްޕެރިމެންޓޭޝަން އުކުޅުތައް މެދުވެރިކޮށް ބައިވެރިންގެ ޚިޔާލުތައް ޓެސްޓްކޮށް، އިތުރަށް ފުރިހަމަ ކުރާނެ ގޮތުގެ މައުލޫމާތާއި އަމަލީ ތަޖުރިބާވެސް ވަނީ އެފަރާތްތަކަށް ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފަރުމާކުރެވެނީ އެތަކެތި ބޭނުންކުރާ ފަރާތްތަކަށް ވިސްނައިގެންތޯ ކަށަވަރުކުރުމަށްޓަކައި ކަސްޓަމަރުންގެ މުޢާމަލާތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމުގެ  މުހިންމު ހަރަކާތްތައްވެސް މި ޕްރޮގްރާމްގައި ބައިވެރިންނަށް ދަސްކޮށްދެވުނެވެ.

ސްޕާކްހަބްގެ ޗީފް ޑިވެލޮޕްމެންޓް އޮފިސަރ، ފާތުމަތު ނީޝާ ވިދާޅުވީ ލީން ސްޓާޓްއަޕް މޯލްޑިވްސް ވޯކްޝޮޕްގައި ލިބުނު ބޮޑު ތަރުހީބާއި ފާހަގަކޮށްލެވޭ ކުރިއެރުމެއް ފެނުމުން ވަރަށް އުފާވާ ކަމަށެވެ. އަދި މި ޕްރޮގްރާމް އައްޑޫގައި މިފަހަރު ބޭއްވުމަކީ މުޅި ދިވެހިރާއްޖޭގައިވެސް ހަރުދަނާ ސްޓާޓްއަޕް ސަގާފަތެއް ގާއިމްކުރުމަށް އެފަރާތުން ދޭ އަހައްމިއްޔަތުކަމުގެ އަލިގަދަ ހެއްކެއް ކަމަށްވެސް ނީޝާ ވަނީ ވިދާޅުވެފައެވެ.

"އިނޮވޭޝަންގެ ސަގާފަތެއް އުފައްދައި، ލޯކަލް ސްޓާޓްއަޕް އިކޯސިސްޓަމް ގާއިމުކުރުމަށް އެހީތެރިވުމަކީ އަޅުގަނޑުމެންގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު ފޯކަސް ދާއިރާއެއް.  އަޅުގަނޑުމެންގެ އަމާޒަކީ މި ޕްރޮގްރާމުގެ ޒަރިއްޔާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާން ވިޔަފާރިވެރިންގެ އާ ޖީލެއް ބާރުވެރިކުރުވުން. އަދި އަޅުގަނޑުގެ އުންމީދަކީ މި ޕްރޮގްރާމްއިން ދަސްވިކަންކަން، ހުރިހާ ބައިވެރިންވެސް އަމަލީ  ސިފައެއްގައި ބޭނުންކުރުން." ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސް ވޯކްޝޮޕްގެ ބައިވެރިން ވަނީ މި ހަރަކާތުގެ ސަބަބުން އެކި މަސައްކަތްތަކުގައި އަދި ވިޔަފާރިވެރިކަމުގެ ދަތުރަށް ކުރާނެ ހެޔޮ އަސަރުތަކާ ބެހޭ ގޮތުން ޚިޔާލު ފާޅުކޮށްފައެވެ. މި ޕްރޮގްރާމްގެ ސަބަބުން ޕްރޮޑަކްޓާއި، ހިދުމަތް ފަރުމާކުރުމުގައި،  ކަސްޓަމަރުނަށް ޚާއްސަ ވިސްނުމެއް ގެންގުޅުމުގެ މުހިންމުކަމަށް ލޯ ހުޅުވިގެން ދިޔަގޮތްވެސް ވަނީ ހިއްސާކޮށްފައެވެ.

ދިރާގާއި ސްޕާކްހަބުން،  ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމަށް ހިތްވަރުދިނުމަށާއި ، ސްޓާޓްއަޕް ސަގާފަތެއް ބިނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް