އިތުރު 11 ބިދޭސީއަކު އަތުލައިގެންފި

ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ އިތުރު 11 ބިދޭސީއަކު އަތުލައިގެންފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގ...

23 Jul 2024 | 16:32

ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ އިތުރު 11 ބިދޭސީއަކު އަތުލައިގެންފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަދު ހެނދުނު ހުޅުމާލޭގެ 12 ތަނެއް ބަލައި ފާސްކުރި ކަމަށެވެ.

އެތަންތަނުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

11 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އިމިގްރޭޝަން އިން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށާއި އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް ދިވެހި ފުލުހުންނާއި ގުޅިގެން ޖޮއިންޓް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި މިފަދަ އެތައް އޮޕަރޭޝަނެއް ހިންގާފައިވާއިރު މި އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް