އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަންކުރެއްވުމާއި ގުޅޭގޮތުން ޢާއްމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ފޮނުއްވާފައިވާ ނަންފުޅު، އަލްފާޟިލް އަޙްމަދު މުނައްވަރާއި، ގުޅިގެން ޝަކުވާއެއްވޭތޯ ބެލުމަށްޓަ...

23 Jul 2024 | 09:55

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ފޮނުއްވާފައިވާ ނަންފުޅު، އަލްފާޟިލް އަޙްމަދު މުނައްވަރާއި، ގުޅިގެން ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ ދަށުން އިއުލާން ކޮށްފިއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަވާފައިވާ ނަންފުޅު ދިރާސާ ކުރުމަށް ފަހު މާލިއްޔަތު ކޮމިޓީއަށް ފޮނުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައި، އެކަން ވަނީ ރައްޔިތުންގެ މަޖިލީހުން އިއުލާން ކޮށްފައެވެ.

އެގޮތުން ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރުމާއި ގުޅޭގޮތުން އާއްމުންގެ ޝަކުވާއެއް ވާނަމަ، މި މަހު 24 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް ކޮމިޓިގެ އީމެއިލް ،

[email protected]

އަށް ނުވަތަ ރައްޔިތުން މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް