ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އޭނާގެ ކޮއްކޮ ބަންދު ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއިރު، ޝަމްނާޒް އާއި އޭނާގެ ކޮއްކޮ، ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އެހެންނަމަވެސް އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒާއި އޭނާގެ ކޮށްކޮ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ.
ޝަމްނާޒްއަށް ކުރި ތުހުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ އަރިސް ބޭފުޅަކަށް ވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތެވެ.
މާލޭގެ މޭޔަރ ކަމަށް ރައީސް ހުންނެވި އިރު، ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒަކީ ރައީސް މުއިއްޒުގެ އެންމެ އަރިސް ދެބޭފުޅުންނެވެ. ނަމަވެސް ރަމީޒުއާއި ޝަމްނާޒުއާ ދެބޭފުޅުންވެސް މިވަގުތު ތިއްބެވީ މަގާމުން ސަސްޕެންޑް ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް