ރިތިކްގެ ކްރިޝް ބަލާފައި ކުޑަ ކުއްޖަކު އިމާރާތަކުން ފުންމާލައިފި

ރިތިކް ރޯޝަން ކުޅެފައިވާ ފިލްމު "ކްރިޝް" ބަލާފައި އިންޑިއާގެ ކުޑަކުއްޖަކު އިމާރާތަކުން ފުންމާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކާންޕޫރުގެ ސްކޫލެއްގައެވެ. އިމާރާތުން ފު...

23 Jul 2023 | 16:52

ރިތިކް ރޯޝަން ކުޅެފައިވާ ފިލްމު "ކްރިޝް" ބަލާފައި އިންޑިއާގެ ކުޑަކުއްޖަކު އިމާރާތަކުން ފުންމާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކާންޕޫރުގެ ސްކޫލެއްގައެވެ. އިމާރާތުން ފުންމާލީ އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ.

ފެން ބޯން ދަނީކަމަށްބުނެ ކްލާހުން ނިކުމެ އެ ކްލާސް ހުންނަ އެއްވަނަ ފަންގިފިލާއިން ފުންމާލީ ފިލްމު ކްރިޝްގައި ރިތިކް ފުންމާހެން ރީއްޗަށް ކޮޅަށް ތިރިވެވޭނެކަމަށް ވިސްނައިގެން ކަމަށް އެ ކުއްޖާގެ އާއިލާއާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

އުމުރުން އަށް އަހަރުގެ އެ ފިރިހެން ކުއްޖާއަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ލިބުނު އަނިޔާގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް