ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އާއި ފަރީއްކޮޅާއި ގުޅޭ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފިއެވެ.
މިކަން ހާމަކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ސުޕްރީމް ކޯޓުން ބެއްލެވި އިސްތިޢުނާފަކާމެދު އެ ކޯޓުން ޙުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިޢުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅަކާ، އެ ޝަރީޢަތް ހިންގެވުމުގައި ބައިވެރިވެވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައާ ގުޅިގެން މި ކޮމިޝަނުން ހިންގި ތަޙުޤީޤަށް ހޯދުނު މަޢުލޫމާތާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ސާފުކޮށްދެއްވާފައިވާ ޙަޤީޤަތްތަކަށް ރިޢާޔަތްކުރާއިރު، އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ފަދަ ކަމެއް ހިނގާފައި ނުވާކަން ފާހަގަވާތީ، އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް، މިއަދު ބޭއްވި މިކޮމިޝަންގެ މި އަހަރުގެ 48 ވަނަ ޖަލްސާގައި ވަނީ ނިންމާފައި" ކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް