އެމްއާރްއެމްއިން އިންތިހާބަށް ފާރިސް ނެރެނީ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ފާރިސް މައުމޫން ނެރުމުގެ މަސައްކަތް އެމްއާރްއެމްއިން ފަށައިފިއެވެ. އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއ...

23 Jul 2023 | 10:45

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ފާރިސް މައުމޫން ނެރުމުގެ މަސައްކަތް އެމްއާރްއެމްއިން ފަށައިފިއެވެ.

އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް "ދުވަސް"އަށް ވިދާޅުވީ ރަސްމީކޮށް އެކަން އިއުލާނު ނުކުރި ނަމަވެސް ނުރަސްމީކޮށް އެކަން ނިންމާފައިވާ ކަމަށެވެ.

ޕާޓީގެ މެމްބަރުން ހަމަ ނޫންކަމަށް އީސީން ބުނާ ނަމަވެސް، މެމްބަރުން ހަމަވާނެ ކަމަށާއި އެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައި ވާކަމަށް އަލީމް ވިދާޅުވިއެވެ. އަދި އެ މައްސަލަ މިހާރު ޝެޑިއުލް ކުރަން ކައިރިވެފައި ވާނެ ކަމަށް އަލީމް ވިދާޅުވިއެވެ.

އެމްއާރްއެމްގައި މިވަގުތު ތިބީ 2،892 މެންބަރުން ކަމަށް އީސީގެ ލިސްޓުގައިވެއެވެ.

އެކަމާ ގުޅިގެން އެމްއާރްއެމްގެ ރަޖިސްޓްރަރ އަދި އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޝަހީދާ ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވާއިރަށް ސައްހަ ނޫން މައުލޫމާތު މީޑިޔާތަކަށް ދީގެންވެސް ޕާޓީތަކުގެ އަގު ވައްޓާލެވޭ ކަމަށެވެ. އަދި މިއީ ޒިންމާދާރު މިނިވަން މުއައްސަސާގެ ދައުރުތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

“ހުށައަޅާފައި ހުންނަ ފޯމު ޕްރޮސެސް ނުކޮށް ރައްޔިތުންނަށް ކޯޗެއް އޮޅުވާލަންތޯ ތިޔަ ޓުވީޓް ކުރައްވަނީ” ޝަހީދާ ވިދާޅުވިއެވެ.

އެމްއާރްއެމްގެ ފަރާތުން ފާރިސަށް ވާދަ ނުކުރެވޭނަމަ އަމިއްލަ ގޮތުންވެސް ވާދަ ކުރައްވާނެކަން "ދުވަސް" އަށް ވަނީ ކަށަވަރު ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް