ޔާމީންގެ ރިޔާސީ ހައްގުތައް ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއްނުގަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ހައްގުތައް ގެއްލޭ މައްސަލަ ސުޕްރިމް ކޯޓުން ބަލައި ނުގަންނަން އެ ކޯޓުން ނިންމައިފިއެވެ. ރައީސް ޔާމީންގެ ފަރާތުން ސުޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ...

23 Jul 2023 | 10:01

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ހައްގުތައް ގެއްލޭ މައްސަލަ ސުޕްރިމް ކޯޓުން ބަލައި ނުގަންނަން އެ ކޯޓުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ފަރާތުން ސުޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނީ އިއްޔެއެވެ.

އެކަން ހާމަކުރައްވަމުން ރައީސް ޔާމީންގެ ވަކީލް ޝަމީމް ވިދާޅުވެފައިވަނީ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެންދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތަކެއް އަސާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާތީ އެ ހައްގުތައް ކަށަވަރުކުރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާނެކަމަށެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ބުނީ، އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައިވާ ގޮތަށް ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަކީ އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މި އަަހުރުގެ ރިޔާސީ އިންތިހާބަސް ކަނޑައަލާފައިވާ ކެނޑިޑޭޓެވެ.

ނަމަވެސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވޭނީ އިސްތިއުނާފު މަރުހަލާއިން މިނިވަންވެއްޖެ ނަމައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް