ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ 76 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 76 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީއިން ބުނެފިއެވެ. އެމްޓީސީސީން ބުނީ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 90...

23 Jul 2023 | 09:32

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 76 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެެއްގައި ގްރޮއިން ޖެހުމުގެއިތުރަށް، 81 މީޓަރުގެ ސަރަޙައްދެއްގައި ޗެނަލް ބޭރުތޮށި ލުމާއި، 49 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، އަދި 768 މީޓަރުގެ ސަރަޙައްދެއްގައިރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މީގެ އިތުރަށް، 898 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، ސްކޯރ އޭޕްރަނެއް ހެދުމާއި، އަދި 9,270 އަކަ މީޓަރުގެ ސަަރަޙައްދެއްގައިހާބަރ ޕޭވްމަންޓް ހެދުމާއި، މޫރިންގ ބޯއީސް ހަރުކުރުމުގެ އިތުރަށް ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައިހިމެނޭކަމަށްވެސް އެމްޓީސީސީ އިން ވަނީ ހާމަކޮށްފައެވެ.

މިއީ 88.36 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް