ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ޒަމީލް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ

ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން ޒަމީލް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައިފިއެވެ. އިންތިހާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރަމުން ޒަމީލު ވިދާޅުވީ، މިހާރު މި އޮތް ޕާޓީސި...

23 Jul 2023 | 09:29

ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން ޒަމީލް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައިފިއެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރަމުން ޒަމީލު ވިދާޅުވީ، މިހާރު މި އޮތް ޕާޓީސިސްޓަމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫންކަން ހާމަވާ ކަމަށެވެ.

ރާއްޖޭގައި ހިނގާފައިވާ ކޮރަޕްޝަނާއި މީހުން މެރުން ފަދަ ބޮޑެތި ހާދިސާތަކުގެ ރަނގަޅު ތަހުގީގެއް ނުހިންގޭކަން ފާހަގަ ކުރައްވައި ޒަމީލް ވިދާޅުވީ އެކަންކަން ރަނގަޅު ކުރެވޭނީ ހަރުދަނާ ވެރިއަކު ވެރިކަމަށް އަހިސްގެން ކަމަށެވެ.

އަދި ވެރިކަން ދެމެހެއްޓުމަށްތަކައި އެއްވެސް މީހަކު ރުއްސަން ޖެހޭ ފަދަ ވެރިއަކަށް ހެޔޮގޮތުގައި ވެރިކަން ނުކުރެވޭނެ ކަމަށް ޒަމީލް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކުރީގެ ނައިބުރައީސް ޝުޖާއު ހުސެއިންވެސް ވަނީ ވިދާޅުވެފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ހުޅުވާލާފައެވެ.

އީސީއިން ބުނީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް