އުދަބާނި 2: ޝޫޓިން ފަށައިފި

2009 ވަނަ އަހަރު ރިލީޒްކުރި "އުދަބާނި" ފިލްމުގެ ދެވަނަ ބައި "އުދަބާނި2" ގެ ޝޫޓިން ފަށައިފިއެވެ. "އުދަބާނި" ފިލްމަކީ ހާމިދު އަލީ ޕްރޮޑިއުސްކޮށް އަމްޖަދު އިބްރާހިމް ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ....

23 Jul 2023 | 07:35

2009 ވަނަ އަހަރު ރިލީޒްކުރި "އުދަބާނި" ފިލްމުގެ ދެވަނަ ބައި "އުދަބާނި2" ގެ ޝޫޓިން ފަށައިފިއެވެ.

"އުދަބާނި" ފިލްމަކީ ހާމިދު އަލީ ޕްރޮޑިއުސްކޮށް އަމްޖަދު އިބްރާހިމް ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ.

ދެވަނަ ބައިގެ ޝޫޓިން ފަށާފައިވާއިރު ފުރަތަމަ ބައިގެ ލީޑް ކާސްޓުން ކަމުގައިވާ ޔޫސުފް ޝަފީއު އާއި އާމިރާ އިސްމާއިލް ދެވަނަ ބައިގާ ފެނިގެންނުދާނެކަން ހާމަކޮށްފައިވެއެވެ.

ބަދަލުގައި ދެވަނަބައިން ފެނިގެންދާ ތަރިންގެ ތެރޭގައި އަހްމަދު އީސާ (އާނަންދު) އާއި އިމިނަތު ސުހާ، އަލީ އާޒިމް (ދޮން އައްޔަ) ނަތާޝާ، ޝަމީލް، މަރިޔަމް ހަލީމް، ޝަކީލާގެ އިތުރުން ވަހީދު ހިމެނެއެވެ.

ފުރަތަމަ ބައިގައި ލީޑް ރޯލެއް ކުޅުނު ހާމިދު އަލީ ދެވަނަ ބައިގައިވެސް ލީޑް ރޯލެއް ކުޅެއެވެ.

ފިލްމުގެ ޝޫޓިން ފަށާފައިވާއިރު ޝޫޓިންގެ ބައެއް މަންޒަރުތައް އަމްޖަދު ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފައެވެ.

ލިޔުންތެރިޔާ މުހައްމަދު ގާސިމް ލިޔެފައިވާ ބިރުވެރި ވާހަކައެއް ކަމުގައިވާ "އުދަބާނި" އަށް ހެދި "އުދަބާނި" ފިލްމަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔަ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް