ދިވެހި ފިލްމީ ތަރި ފާތިމަތު ފަރީލާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ.
ފަރީލާ އެމްޑީޕީއަށް ސޮއިކުރި ފޯމު އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވާއިރު ފަރީލާއާއެކު ކުރީގެ ފިލްމީ ތަރި އަދި މިއުޒީޝަން ހުސެއިން ސޮބާހު (ސޮބާ) ވެސް އެމްޑީޕީއަށް ސޮއިކޮށްފައިވެއެވެ.
ފަރީލާއަކީ އެންމެ ފުރަތަމަ ނެށުންތެރިއެއްގެ ގޮތުގައި ފެނިގެންގޮސް ދިވެހި ފިލްމުތަކުން ބޮޑު ކާމިޔާބީތަކެއް ހޯދި ތަރިއެކެވެ. ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ކައިވެނިކޮށް ފަރީލާއަށް ދަރިއަކު ލިބިފައިވެއެވެ.
ފިލްމީ ދާއިރާގައި ފަރީލާ އެންމެ ބޮޑަށް ވިދާލި ދުވަސްވަރުކަމުގައިވާ 2008 ހިސާބުގައި ގިނަ ފިލްމު އެވޯޑުތަކެއްވެސް ފަރީލާ ހާސިލުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް