މާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަންހެނަކު ފިހިއްޖެ

މާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަންހެނެއްގެ މޫނު ފިހިއްޖެއެވެ. މިކަމުގެ މައުލޫމާތު މީޑިއާއަށްދެމުން އެމްއެންޑީއެފުން ބުނެފައިވަނީ މ. ދިލީވިލާގައި "ގޭސް އެކްސްޕްލޯޝަން" އެއް ހިނގައިގެނ...

23 Jul 2023 | 06:54

މާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަންހެނެއްގެ މޫނު ފިހިއްޖެއެވެ.

މިކަމުގެ މައުލޫމާތު މީޑިއާއަށްދެމުން އެމްއެންޑީއެފުން ބުނެފައިވަނީ މ. ދިލީވިލާގައި "ގޭސް އެކްސްޕްލޯޝަން" އެއް ހިނގައިގެން އެކަމުގެ ރިޕޯޓް ލިބިގެން ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެފައިވާކަމަށެވެ.

"ގޭސް ލީކުވެފައި ހުއްޓާ ރޯކުރުމުން ކަމަށް ބެލެވެނީ" އެމްއެންޑީއެފުން ބުނެފައިވެއެވެ.

އުނދުން ރޯކުރި އަންހެން މީހާގެ މޫނު ފިހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް