މިނިވަން ދުވަހު ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ ރަސްމީ ބައްދަލުކުރެއްވުން 25 ވަނަ ދުވަހުގެ ރޭގައި

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތޢި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމެއް ބޭއްވުމަށް ހަ...

23 Jul 2023 | 06:42

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތޢި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމެއް ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.

މި ބައްދަލުކުރެްވުން ބާއްވަނީ އިސްލާމީ މަރުކަޒު މައިދާނުގައި މި އަންނަ އަންގާރަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުން ބުނީ  ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުން މި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް ދަޢުވަތުފޮނުއްވަމުން އެބަ ގެންދަާ ކަމަށެވެ. އެ ބޭފުޅުންގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތްއަރުވާފައިވާ ބޭފުޅުންނުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވިބޭފުޅުންނާއި، ޝަރުޢީ ދާއިރާގެ އިތުރަށް، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، އެކި ކޮމިޝަންތަކުގެ މެންބަރުންނާއި، އަދި ސިޔާސީ މަގާމުތަކުގައިތިއްބެވި ބޭފުޅުންވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް، ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެބޭފުޅުންގެ އިތުރަށް، ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި، ސިވިލް ސަރވިސްއާއި، އަދިކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނޭކަމަށްވެސް  ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ.

ހަމައެފަދައިން، އެ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި އެނޫން އެހެން ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ވަރަށްގިނަ އަދަދެއްގެބޭފުޅުންނަށާއި، ޒުވާނުންނަށާއި،  އަދި އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި، ޚާއްޞަ އެހީއަށްބޭނުންވާ ފަރާތްތަކަށާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ އިތުރަށް، ޔުނިވަރސިޓީއާއި ކޮލެޖުތަކާއި އަދި ސްކޫލްތަކުގެ ދަރިވަރުންނަށްވެސްރަސްމީ ބައްދަލުކުރެއްވުމަށް ދަޢުވަތު އަރުވާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

މިނިވަންދުވަހުގެ ރަސްމިއްޔާތަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންވެސް، މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންމި ބާއްވަވާ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް