ރޭގަނޑު ކާން ނުދޭކަމަށްބުނެ އިންޑިއާގައި ފިރިހެނަކު އޭނާގެ އަންހެނުން މަރާލައިފި

އިންޑިއާގެ ޖޯދުޕޫރުގައި ފިރިހެނަކު އޭނާގެ އަންހެނުން މަރާލައިފިއެވެ. ސަބަބެއް ކަމުގައިބުނީ ރޭގަނޑު ކާން ނުދިނުމެވެ. މި ހާދިސާގައި މަރުވެފައިވަނީ ޖޯދުޕޫރަށް ނިސްބަތްވާ ސިޔާސީ ޕާޓީއެއްކަމުގައިވާ މަހިލާ ...

23 Jul 2023 | 03:47

އިންޑިއާގެ ޖޯދުޕޫރުގައި ފިރިހެނަކު އޭނާގެ އަންހެނުން މަރާލައިފިއެވެ. ސަބަބެއް ކަމުގައިބުނީ ރޭގަނޑު ކާން ނުދިނުމެވެ.

މި ހާދިސާގައި މަރުވެފައިވަނީ ޖޯދުޕޫރަށް ނިސްބަތްވާ ސިޔާސީ ޕާޓީއެއްކަމުގައިވާ މަހިލާ މޯކާ އޮފް ރަސްތުރިޔަ ލޮކްތާންތުރިކް ޕާޓީ (އާރްއެލްޕީ)ގެ ކުރީގެ ރައީސް ސުމަން ބޭނިވާލް އެވެ.

ރޭގައި މި ގަތުލު ހިންގި ރަމޭޝް ބޭނިވާލް މިހާރު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނެފައިވާގޮތުގައި ރޭ ދަންވަރު ހިންގި ޒުވާބެއްގައި ރަމޭޝް ވަނީ ސުމަންގެ ބޮލުގައި ހިލަގަނޑަކުން ޖަހާ މަރާލާފައެވެ. އަދި އެއަށްފަހު ސުމަންގެ އާއިލާއަށް އެކަން އެންގިއެވެ.

އާއިލާއިން އެ ގެއަށް ދިއުމުން ރަމޭޝްގެ ނުހުޅުވުމުން ފުލުހުން ގޮސް އެ ގެ ހުޅުވައިގެން ވަދެ ރަމޭޝް ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނެފައިވާގޮތުގައި ގަތުލު ހިންގި ސަބަބަކީ ރޭގަނޑު ރަމޭޝް އަށް ސުމަން ކާން ނުދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް