ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޞާލިހުގެ ކެމްޕޭން ޖަގަހައެއް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭން ޖަގަހައެއް ހުޅުވައިފިއެވެ. އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ޖަގަހަ ހުޅުވައިދެއްވީ 'އިބޫ2023' މާލޭ އޭރިޔާގެ ކޯޑިނޭޓ...

23 Jul 2023 | 03:30

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭން ޖަގަހައެއް ހުޅުވައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ޖަގަހަ ހުޅުވައިދެއްވީ 'އިބޫ2023' މާލޭ އޭރިޔާގެ ކޯޑިނޭޓަރ އަދި ޑިފެންސް މިނިސްޓަރ މާރިޔާ ދިދީއެވެ.

ޖަގަހަ ހުޅުވާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 'ރެހެންދި ބީޗް' ކައިރީ، ލޮޓް ނަންބަރ20042 ގައެވެ.

ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެ ޖަގަހަ ފޭސް ދޭއްގައި ހުޅުވުމުގެ ފުރުސަތު ލިބުމަކީ މި ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

“ބައެއް ބޭފުޅުންނަށް ހީވަނީ އަޅުގަނޑުމެން ހުޅުމާލޭގައި، ވަކިން ހާއްސަކޮށް ފޭސް ދޭއްގައި ކެމްޕެއިން ކުރުމަކީ ނުވާނެ ކަމެކޭ. މިހާތަނަށް ސިޔާސީ ގޮތުން އެމްޑީޕީއަށް ވެސް ސަރުކާރަށް ވެސް މި ސަރަހައްދާ ގުޅޭ ގޮތުން ދިމާވެފައި ހުރީކީ އެހާ ހިތްހަމަޖެހޭ ކަންތައްތަކެއް ނޫން،” ނިޔާޒް ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލިއިރު ރައީސް ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމް ކުރިމަތިލައްވަ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްއިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީ ރައީސް ޔާމީން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް