ތުރްކީއަށް ނިސްބަތްވާ މަޝްހޫރު ޝެފް، ސީޒީއެން ބުރާކް، އޭނާގެ ބައްޕައާއި ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ބުރާކް އޮޒްޑެމީރް އޭނާގެ ބައްޕަ ހަސަން އޮޒްޑެމީރްގެ މައްޗަށް ދައުވާ ކުރަނީ ބުރާކްގެ އެންޓަޓެއިންމެންޓް ކުންފުނި މެދުވެރިކޮށް ބުރާކަށް ނޭނގި މަކަރާއި ހީލަތުން ބޭންކުތަކުން ލޯނު ނަގައި އަދި ބައެއް އޮޅުވާލުންތަކުން މާލީ ބޮޑެތި މަންފާތަކެއް ހޯދާފައިވާކަމަށްބުނެއެވެ.
އެގޮތުން އެފަދަ އޮޅުވާލުންތަކުން ހޯދާފައިވާ ނުހައްގު މުއްސަނދިކަމުން އަގުބޮޑު ކާރުތަކާއި ގެއާއި އެހެނިހެން އަގުބޮޑު މުދާ ހޯދާފައިވާކަމަށް ބުރާކް ތުހުމަތު ކުރެއެވެ.
ބުރާކް އޭނާގެ ބައްޕަގެ މައްޗަށް ދައުވާ ކުރަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިޔަން ޑޮލަރު ހޯދުމަށެވެ.
ބުރާކްގެ ދައުވާއަށް އޭނާގެ ބައްޕަ އިންކާރު ކުރެއެވެ. އޭނާގެ ބައްޕަ ބުނެފައިވަނީ އެފަދަ އަމަލުތަކެއް ހިންގާފައިނުވާނެކަމަށެވެ.
2011 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގައި މަގްބޫލުކަން ހޯދަމުން އަންނަ ޝެފް ބުރާކަކީ މިހާރު ބައިނަލްއަގްވާމީ ރެސްޓޯރެންޓް ޗެއިނެއްގެ ހިންގަމުން އަންނަ ކާމިޔާބު ސަހުސިއްޔަތެކެވެ. އޭނާގެ މަގްބޫލުކަން އަރަބި ގައުމުތަކުގައި ވަކިން ބޮޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް