ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ މަކުނު ވިދުރި ފެތުރެމުން އަންނަ މިނަށް ބަލައި މިއީ ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިހެން ކަނޑައަޅާފައިވަނީ އެ ޖަމިއްޔާގެ އިމަޖެންސީ ކޮމިޓީގެ ބައްދަލުވުމަކަށްފަހުގައެވެ.
މިއީ ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްކަމުގައި އިއުލާނުކުރެއްވީ އެ ޑަބްލިއު އެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމެވެ.
މިއަދު ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާގޮތުގައި ދުނިޔޭގެ 75 ގައުމަކުން 16 ހާހަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މި ފަހަރު މަކުނުވިދުރި ފެތުރެން ފެށިފަހުން ފަސް މީހަކު މަރުވެފައިވާކަންވެސް ހާމަކޮށްފައިވެއެވެ.
ބައިނަލްއަގްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މަކުނު ވިދުރިއާއި ގުޅުވައި އިއުލާނުކޮށްފައިވާއިރު މިއީ ޑަބްލިއުއެޗްއޯއިން އިއުލާނުކުރާ އެންމެ ނުރައްކާތެރި ހާލަތެވެ. މި ހާލަތުގައި މިވަގުތު އޮތީ މަކުނުވިދުރީގެ އިތުރުން ކޮވިޑާއި ޕޯލިއޯ ބައްޔެވެ.
މަކުނު ވިދުރި އަައުޓްބްރޭކް 2022 ފެށުނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި އައުޓްބްރޭކްގައި ފުރަތަަމަ ކޭސްއެއް ފެނުނީ އިނގިރޭސިވިލާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް