ވިލިމާލޭގެ ކޮމިއުނިޓީ ގާޑަން އިން ދޫކޮށްފައިވާ ގޮޅިތަކުގެ ކުލި ކުޑަކޮށްފި

ވިލިމާލޭގެ ކޮމިއުނިޓީ ގާޑަން އިން ދޫކޮށްފައިވާ ގޮޅިތަކުގެ ކުލި ކުޑަކޮށްފިއެވެ. މި ޖުަލއި މަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 60 ވަނަ ރަސްމީ ޖަލްސާއިން ނިންމާގަ...

23 Jul 2022 | 14:11

ވިލިމާލޭގެ ކޮމިއުނިޓީ ގާޑަން އިން ދޫކޮށްފައިވާ ގޮޅިތަކުގެ ކުލި ކުޑަކޮށްފިއެވެ.

މި ޖުަލއި މަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 60 ވަނަ ރަސްމީ ޖަލްސާއިން ނިންމާގައިވަނީ ގޮޅިތަކުގެ ކުލި 500 ރުފިޔާއަށް ކުޑަކުރުމަށެވެ.

ގޮޅިތަކުގެ ކުލި ކުޑަކުރުމަށް އެ ޖަލްސާގައި ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ ކައުންސަލަރު އިބްރާހިމް ޝުޖާއުއެވެ. ޝުޖާއުގެ މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސެލަރު މުހައްމަދު ސައިފް ފާތިހުއެވެ.

އެހުށަހެޅުމަށް ތާއީދު ލިބުމުން ގޮޅިތަކުގެ ކުލި 500 ރުފިޔާއަށް ކުޑަކުރަން ފާސްކުރީ ބައްދަލުވުުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާގުންނެވެ.

ވިލިމާލޭ ކޮމިއުނިޓީ ގާޑެންއަކީ އެކި ބާވަތުގެ ތަރުކާރީ އާއި މާމެލާމެލީގެ ގަސް އިންދައިގެން ވިޔަފާރި ކުރެވޭގޮތަށް މާލޭ ސިޓީ ކައުންސިލުން ގާއިމުކުރި ތަނެކެވެ.

ކޮމިއުނިޓީ ގާޑަން އިން މީގެކުރިން ގޮޅި ދޫކޮށްފައިވަނީ 1000 ރުފިޔާއަށެވެ.

މި އަހަރުގެ މާރޗްމަހު ހުޅުވި އެ ކޮމިއުނިޓީ ގާޑަން އިން 30 ފަރާތަކަށް ވަނީ ގޮޅި ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް