ދުބާއީގެ ބަޖެޓް އެއަރލައިން، ވިޒް އެއަރ ލައިންސްގެ ދަތުރުތައް އަންނަމަހު ރާއްޖެއަށް ފަށަން ނިންމައި، އެކަން އިޢުލާނުކޮށްފިއެވެ.
އެ އެއަރ ލައިނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ދަތުރުތައް ފަށާނީ އެއަރ ބަސް އޭ321 ނިއޯ މަރުކާގެ މުޅިން އައު ބޯޓެއްގައި ކަމަށެވެ.
އަންނަ އޮގަސްޓު މަހުގެ ތެރޭގައި ދަތުރުތައް ފަށަން ތާވަކުކޮށްފައިވާއިރު، ކޮންމެ ހަފުތާއެއްގެ ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އޮޕަރޭޓުކުރުމަށް ވަނީ ރާވާފައެވެ.
ވިޒް އެއަރ ލައިނުން ރާއްޖެއަށް ދަތުރުތައް ފަށާއިރު، އަބޫ ދާބީ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަނީ އިއްތިހާދު އެއަރވޭސް އިން އެކަންޏެވެ. އެކަމަކު ޔޫއޭއީގެ ދުބާއީ އާއި މާލެއާ ދެމެދު އެމިރޭޓްސް އަދި ފްލައި ދުބާއީން ކޮންމެ ދުވަހަކު ފްލައިޓް އޮޕަރޭޓު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް