މިއަދު ކުރިއަށް ދިޔަ ތ. ވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކާމިޔާބުކޮށްފިއެވެ.
އެމްއެންޕީން މި ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ މައި ޕާޓީ އަދި ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އާ ވާދަކޮށްގެންނެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްއެންޕީގެ ކެނޑިޑޭޓް ޚަދީޖާ މުހައްމަދަށް 132 ވޯޓު ލިބިފައިވާއިރު، އެމްޑީޕީގެ ކެނޑިޑޭޓް އެމްޑީޕީގެ ފަރާތުން ޝިރުމީނާ އަލީ އަށް ލިބިފައިވަނީ 89 ވޯޓެވެ. އެއީ 43 ވޯޓުގެ ތަފާތެކެވެ.
މިފަހަކަށް އައިސް ބާއްވާ ގިނަ ބައި އިލެކްޝަންތައް އެމްޑީޕީއަށް ނާކާމިޔާބުވަމުން އަންނައިރު، އެމްއެންޕީން އަންނަނީ ކުރިހޯދަމުންނެވެ.
އެގޮތުން ށ. ކޮމަންޑޫ އަންހެނުންގެ ކޮމިޓީގެ ހުސްވެފައިވާ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް އެމްއެންޕީން ކާމިޔާބުކޮށްފައިވަނީ އެމްއެންޕީންނެވެ.
އެމްއެންޕީން އަންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވެސް ކެނޑިޑޭޓެއް ނެރުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް