ނެޝަނަލް ނެޓްބޯލް ޓޯނަމެންޓް: ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން ކޭވައިއާރްސީ، ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން ޔޫތް ޔުނައިޓެޑް ހޯދައިފި

"މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓް 2022" ގެ ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ) އަދި ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން ޔޫތް ޔުނައިޓެޑް ސްޕޯޓ...

23 Jul 2022 | 11:04

"މައިލޯ ނެޝަނަލް ނެޓްބޯލް ޓޯނަމެންޓް 2022" ގެ ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޔޫތް އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ) އަދި ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން ޔޫތް ޔުނައިޓެޑް ސްޕޯޓްސް ކްލަބު ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލް މެޗުތަކުގެ ތެރެއިން ފުރަތަމަ ޑިވިޜަންގެ ޗެމްޕިއަންކަން ކޭވައިއާރްސީން ހޯދީ ގްރީން ސްޓްރީޓް އާ ބައްދަލުކޮށް 55 ޕޮއިންޓު 46 ޕޮއިންޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ޓީމުން ވެސް ވަނީ ވަރުގަދަ އެޓޭކްތަކާއެކު ވަރުގަދަ ކުޅުމެއް ދައްކާފައެވެ.

މި މެޗުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމާއި ކްއީން އޮފް ދަ ސީރީޒުގެ މަގާމު ހޯދީ ކޭވައިއާރްސީގެ މަރިޔަމް ޝިނާއަތްއެވެ.

މޯސްޓް ޕްރޮމިސިންގ ޕްލޭޔަރ ގެ މަގާމު ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓަރގެ އައިމިނަތު އައިނީ ހޯދިއިރު، ބެސްޓް ކޯޗުގެ މަގާމު ހޯދީ ކޭވައިއާރްސީގެ ކޯޗު ނީޝާ ހަލީމްއެވެ.

ފުރަތަމަ ޑިވިޜަންގެ އެންމެމޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ކޭވައިއާރްސީގެ ހަމްނާ އަބްދުއްރަހްމާނާއި މަރިޔަމް ޝިނާޢަތާއި މަރިޔަމް ރަނާއާއި އައިޝަތު ސަލީމާއެވެ. އަދި ގްރީން ސްޓްރީޓްސް ގެ ނޫރް ސިފަޒްލިޔާނާ ބިންތި މުހައްމަދު ޢަލީ އާއި އައިމިނަތު ރީމް ޝާމް އަދި ޝައިނިންގ ސްޓާރ ގެ އައިޝަތު ޒީކް ޝިޔާމްއެވެ.

މި މުބާރާތުގައި ހިމެނޭ ދެވަނަ ޑިވިޜަންގެ ފައިނަލު މެޗުގައި ވިޔެންސާ އާ ބައްދަލުކޮށް ޔޫތް ޔުނައިޓެޑުން ޗެމްޕިއަންކަން ހޯދީ 48 ޕޮއިންޓު 30 ޕޮއިންޓުންނެވެ.

މި ޑިވިޜަންގެ ފައިނަލް މެޗުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމާއި މޯސްޓް ޕްރޮމިސިން ޕްލޭޔަރ ގެ މަގާމި ހޯދީ ޔޫތް ޔުނައިޓެޑުގެ މަރިޔަމް ޝިއުރާ ނާސިހްއެވެ. ކްއީން އޮފް ދަ ސީރީޒްގެ މަގާމު ހޯދީ ވެސް ޔޫތް ޔުނައިޓެޑް ގެ ޖުނައިނާ އަހްމަދު އިސްހާގުއެވެ.

މި ޑިވިޜަންގެ އެންމެމޮޅު ހަތް ކުޅުންތެރިންނަށް ހޮވުނީ ޔޫތް ޔުނައިޓެޑްގެ ޖުނައިނާ އަހްމަދު އިސްހާގްއާއި މަރިޔަމް ލައިޝާ އާއި އައިޝަތު ސަނާ އިބްރާހިމްއެވެ. އަދި ވިޔަންސާގެ އައިމިނަތު ހިބާ ފައިސަލް އާއި އައިޝަތު އުސްވަތްއާއި މަރިޔަމް ދީބާ އަހްމަދު އާއި ލޮރެންޒޯގެ އަލްމާސް އަލީއެވެ.

މި ޖުލައި މަހުގެ 16 ން 22 ގެ ނިޔަލަށް މި މުބާރާތް ކުރިއަށްދިޔައީ ސޯޝަލް ސެންޓަރ ގެ އެތެރޭ ކޯޓުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް