ރަށުގެ ކޮންމެ ގެއެއްގައި ފަސްޓް އެއިޑް ތަމްރީނު ލިބިފައި ހުރި މީހަކު ބެހެއްޓުމަށް ބ. މާޅޮހު ކައުންސިލުން އަތުކުރި އޮޅާލައިފި

ރަށުގެ ކޮންމެ ގެއެއްގައި ފަސްޓް އެއިޑް ތަމްރީނު ލިބިފައި ހުރި މީހަކު ބެހެއްޓުމަށް ބ. މާޅޮހު ކައުންސިލުން އަތުކުރި އޮޅާލައި، އެފަދަ މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ދުވަސް ނޫހަށް މައު...

23 Jul 2022 | 10:14

ރަށުގެ ކޮންމެ ގެއެއްގައި ފަސްޓް އެއިޑް ތަމްރީނު ލިބިފައި ހުރި މީހަކު ބެހެއްޓުމަށް ބ. މާޅޮހު ކައުންސިލުން އަތުކުރި އޮޅާލައި، އެފަދަ މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ދުވަސް ނޫހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލުން ވިދާޅުވީ އަސްޓްރަލް އިންސްޓިޓިއުޓާއި އެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ފަސްޓް އެއިޑް ތަމްރީނު ޕްރިގްރާމެއް މިއަދު ފަށާފައިވާ ކަމަށެވެ. މިއީ އެރަށުގެ ކޮންމެ ގެއެއްގައި ނުވަތަ ކޮންމެ ޢާއިލާއެއްގައި ފަސްޓް އެއިޑް ޓްރެއިން ހަދާފައި ހުރި މީހަކު ބެހެއްޓުމުގެ މަޤުޞަދުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ މީހުން ތަމްރީނުކުރުމަކީ ވެސް މި ޕްރޮގްރާމުގެ މަގުޞަދެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ކޮންމެ ގެއެއްގަ ނޫނީ ކޮންމެ އާއިލާއެއްގައި ވެސް ފަސްޓް އެއިޑް ތަމްރީނު ލިބިފަހުރި މަދުވެގެން އެކަކު ހުރުން. އަދި ދިމާވާ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން." ކައުންސިލުގެ މެމްބަރަކު ދުވަސް ނޫހަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި ތަމްރީނު ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ސެޓްފިކެޓް ދިނުން އޮންނާނީ މާދަމާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް