މިނިވަން ދުވަހާއި ގުޅިގެން ބާއްވާ "ދިވެހި ފަންނާނުގެ މިއުޒިކީ ޢީދު" ޝޯވ މިއަހަރު އައްޑު ސިޓީގަ

މިނިވަން ދުވަހާއި ގުޅިގެން ބާއްވާ "ދިވެހި ފަންނާނުގެ މިއުޒިކީ ޢީދު" ޝޯވ މިއަހަރު އައްޑު ސިޓީގައި ބޭއްވުމަށް ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް (އެންސީއޭ) އިން ނިންމައިފިއެވެ. މިއީ މާލެއިން ބޭރުގައި "ދިވެ...

23 Jul 2022 | 09:43

މިނިވަން ދުވަހާއި ގުޅިގެން ބާއްވާ "ދިވެހި ފަންނާނުގެ މިއުޒިކީ ޢީދު" ޝޯވ މިއަހަރު އައްޑު ސިޓީގައި ބޭއްވުމަށް ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް (އެންސީއޭ) އިން ނިންމައިފިއެވެ.

މިއީ މާލެއިން ބޭރުގައި "ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު"ގެ ފުރަތަމަ ޝޯވ ކަމަށްވާއިރު، އައްޑު ސިޓީގައި ބޭއްވުމަށް ނިންމީ އަތޮޅުތަކުގައި ތިބި ފަންނާނުންނަށް މިފަދަ ހަރަކާތްތަކުގެ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށް އެންސީއޭ އިން ބުންޏެވެ.

އެންސީއޭ އިން ބުނީ މި ޖުލައި މަހުގެ 27 އަދި 28 ގައި ބާއްވާ ޝޯވ ގައި އައްޑު ސިޓީގެމިއުޒިކް ދެ ބޭންޑަކާއި ޓްރެފިކް ޖޭމް، އިކުއިޓިކް ވައިބް އަދި ބައެއް އަމިއްލަ ލަވަކިޔުންތެރިން ވެސް ބައިވެރިވާނެ ކަމަށެވެ.

މި ޝޯވ ގެ މެއިން ސްޕޮންސަރުންނަށް އެމް.ޓީ.ސީ.ސީ، އެސް.ޓީ.އޯ އަދި އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު، މި ޝޯވ ބާއްވަނީ އެންސިއޭ އާއި އައްޑު ސިޓީ ކައުންސިލް ގުޅިގެންނެވެ.

އެންސީއޭ އިން ބުނީ މި ޝޯވ ބޭއްވުމަށް އެން.ސީ.އޭއިން އައްޑޫ ސިޓީއަށް ގޮސް ކައުންސިލާއެކު އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް މިނިވަން ދުވަހާއި ގުޅިގެން ވަރަށް ކުލަގަދަކޮށް ބާއްވަމުން އައި މި ޝޯވ އަށް ޒުވާނުންނާ އާއްމުންގެ ތަރުހީބެއް ވަނީ ލިބިފައެވެ. ކޯވިޑްގެ ޙާލަތުގައި އޮތްއިރު މި ޝޯވ ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް