މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ނުވަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ - ގިނައީ އިންޑިއާ މީހުން

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ނުވަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މ...

23 Jul 2022 | 08:30

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ނުވަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް 900،808 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 572,123 ފަތުރުވެރިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 132,151 ފަތުރުވެރިން ވަނީ މިއަަހަރުގެ މިހާތަނަށް އައިސްފައެވެ.

މިއަހަރު އެވްރެޖުކޮށް ދުވާލަކު 4,482 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި އެ ފަތުރުވެރިން އެވްރެޖުކޮށް އަށް ދުވަހު ރާއްޖޭގައި ހޭދަކުރާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައެވެ.

އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ގައުމުތައް:

  • އިންޑިއާ - 132,151 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 104,667 ފަތުރުވެރިން
  • ރަޝިއާ - 94,151 ފަތުރުވެރިން
  • ޖާމަނީ - 73,118 ފަތުރުވެރިން
  • އިޓަލީ - 51,850 ފަތުރުވެރިން
  • އެމެރިކާ - 43,653 ފަތުރުވެރިން
  • ފްރާންސް - 31,024 ފަތުރުވެރިން
  • ސުވިޒަލޭންޑް - 21,619 ފަތުރުވެރިން
  • ސައުދީ އަރަބިއްޔާ - 19,982 ފަތުރުވެރިން
  • ސްޕެއިން - 18,8602 ފަތުރުވެރިން

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އިރު، ސަރުކާރުގެ މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް