ސަލްމާނަށް ކެޓްރީނާ ކަމު ނުދިޔައީ ކުރު ހެދުން ލާތީ !؟

ބޮލީވުޑް ތަރި ސަލްމާން ޚާނާއި ކެޓްރީނާ ކައިފާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވާހަކައަކީ އާ ވާހަކައަކަށް ނުވާނެއެވެ. އެކުގައި އެތައް ފިލްމެއްވެސް ކުޅުނު މި ދެތަރިންގެ ލޯބީގެ ގުޅުން ނިމި ކެޓް މިހާރު ކަ...

23 Jul 2022 | 08:13

ބޮލީވުޑް ތަރި ސަލްމާން ޚާނާއި ކެޓްރީނާ ކައިފާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވާހަކައަކީ އާ ވާހަކައަކަށް ނުވާނެއެވެ.

އެކުގައި އެތައް ފިލްމެއްވެސް ކުޅުނު މި ދެތަރިންގެ ލޯބީގެ ގުޅުން ނިމި ކެޓް މިހާރު ކައިވެންޏެއްކޮށް މިހާރު އިވެނީ ބަލިވެ އިން ވާހަކައެވެ.

ދުވަސްތަކެއް ވެފައިވާ އެ ވާހަކައިގެ ތެރެއަށް އާ ވާހަކައެއް މިވަނީ އައިސްފައެވެ. އެއީ ކެޓާއިއެކު ސަލްމާން ކުރިއަށް ނުދާން ނިންމީ ކެޓް ކުރު ހެދުން ލާތީ ކަމަށް ދެކެވޭ ވާހަކައެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އެކަމުގެ ކަންބޮޑުވުން އިންޓަވިއުއެއްގައިވެސް ސަލްމާން ފާހަގަކުރިއެވެ. އެގޮތުން ކެޓް ސްކާޓްލާން ސަލްމާން ބޭނުން ނުވާކަން ހާމަކުރިކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ދެ ތަރިންގެ ފިލްމީ ކެރިއަށްއަށް ބަލާލާއިރު އެކުގައި ދެ ތަރިން ދެން ފެނިގެންދާނީ ޓައިގަރ ތިނަކުންނެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް