މިއަހަރުގެ ފުރަތަމަ ކްއާޓަރ ގައި ބޭންކުތަކުން ދިވެހީން ޕާސަނަލް ލޯނާއި ކްރެޑިޓަށް ތަކެތި ނެގި މިންވަރު އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.
މޯލްޑިވްސް މަނީޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު މިއަހަރުގެ ފުރަތަމަ ކްއާޓަރގެ ރިޕޯޓުގައި ބުނެފައިވަނީ އެންމެ ބޮޑަށް އިތުރުވީ ޕަރސަނަލް ލޯނާއި ކްރެޑިޓް ކާޑު ނެގި އަދަދު ކަމަށެވެ. އަދި ގިނައީ ރީޓެއިލް ވިޔަފާރިތަކުން ނަގާފައިވާ މުދާ ކަމަށެވެ.
މީގެ އިތުރުން ލޯނު މެދުވެރިކޮށް ސައިކަލާއި މޯބައިލް ފޯނާއި އިލެކްޓްރޯނިކް ގިނަ ސާމާނެއް ނަގާފައިވާ ކަމަށް އެމްއެމްއޭ ގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މަރުކަޒީ ބޭންކުން ބުނީ ފުރަތަމަ ކުއާޓަރުގެ މުއްދަތުގައި ކޮންސްޓްރަކްޝަން ދާއިރާ އިން ނެގި ލޯނުގެ އަދަދުު އެއް ޕަސެންޓް އިތުރުވެފައިވާ ކަމަށާއި ލޯނާއި ކްރެޑިޓް ފެސިލިޓީިތައް މެދުވެރިކޮށް ބޭންކްތަކުން ފައިސާ ނެގި ވަރު ވެސް 28 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ.
އޭގެ ތެރެއިން 38 ޕަސެންޓް ޓޫރިޒަމް ދާއިރާއިން އިތުރުވެފައިވާއިރު، އެއީ އައު ރިސޯޓު ހެދުމަށާއި ރިސޯޓުތަކުގެ މަރާމާތަށް ނަގާ ލޯނުތައް ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ.
މަރުކަޒީ ބޭންކުން ބުނެފައިވަނީ ކޮވިޑާއި ގުޅިގެން ޓޫރިޒަަމް ދާއިރާގެ ހިންގުމަށް ނަގާ ލޯނުތައް ވެސް އިތުރުވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް