އަލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ދިވެހިން އަދަދު 250 އިން މަތީގައި ! ފުލުހުން ހަނު !

ދިވެހި ގިނަ ފިރިހެނުންތަކަކާއެކު އެއް ޖިންސުން ގުޅުން ހިންގައި އެ އަމަލު ވީޑިއޯކޮށް އެ ދިވެހިން ބްލެކްމެއިލް ކުރި ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިނގި ދިވެހިންގެ އަދަދު އުޅެނީ އެތަ...

23 Jul 2022 | 06:27

ދިވެހި ގިނަ ފިރިހެނުންތަކަކާއެކު އެއް ޖިންސުން ގުޅުން ހިންގައި އެ އަމަލު ވީޑިއޯކޮށް އެ ދިވެހިން ބްލެކްމެއިލް ކުރި ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިނގި ދިވެހިންގެ އަދަދު އުޅެނީ އެތައް ސަތޭކައެއްގައި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އެގޮތުން މިހާރު ނޫހުގައި މައުލޫމާތު އެނގޭ ބައެއް ފަރާތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އަލަމްގީރް އަންނަނީ ފުލުުހުންގެ ތަހުގީގަށް އެއްބާރުލުން ދެމުންނެވެ. އެގޮތުން އޭނާއަށް އެނގޭ ބައެއް މީހުންގެ މައުލޫމާތު ތަހުގީގަށް ދެމުން އަންނަ ކަމަށް ރިޕޯޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން އޭނާގެ ފަރާތުން ގައިން ގަޔަށް އަރާ ބައްޔެއް ފެތުރިފައިވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމުުގައި މިހާރުގެ މަސްދަރާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. އަދި އަލަމްގީރާއެކީގައި އެއް ޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ކައިވެނިކޮށްގެން އުޅޭ މީހުން ހިމެނޭއިރު ކުށެއް ނެތް ބަޔަކަށްވެސް ނުރައްކާ އޮތްކަން ހާމަކޮށްފައިވެއެވެ.

އަލަމްގީރާއެކު ގިނަ އަދަދެއްގެ ދިވެހިންގެ އިތުރުން ބިދޭސީންވެސް އެއް ޖިންސުން ގުޅުންހިންގިކަން އެނގިފައިވާކަން މިހާރުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އަލަމްގީރުގެ ގައިގާ ގައިން ގަަޔަށް އަރާ ބައްޔެއް ހުރިތޯ މީން ދުވަހަކު ޓެސްޓްކޮށްފައިނުވާއިރު ތަހުގީގަށް ހައްޔަރުކުރުމަށްފަހުވެސް އެފަދަ ބައްޔެއް ހުރިތޯ ޓެސްޓްކޮށްފައިނުވާކަމަށް ރިޕޯޓްކޮށްފައިވެެއެވެ.

މި މައުލޫމާތު ތަކަތީ ތެދު މައުލޫމާތުތޯ ކަށަވަރުކުރެވޭތޯ ނޫސްވެރިން އަންނަނީ ތަކުރާރުކޮށް ފުލުހުންނާއި ސުވާލު ކުރަމުންނެވެ. ނަމަވެސް މި މައްސަލައިގާ ނޫސްވެރިންނަށް ފުލުހުން މިފަހުން މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ. އަލަމްގީރް ހައްޔަރުކުރިކަންވެސް ރަސްމީކޮށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް