މިއަދު ކޯވިޑް ޖެހުނީ 92 މީހުންނަށް

ކޯވިޑް-19އަށް އިތުރު 92 މީހުން ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 48 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 21 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުންވެސް ކޯވިޑް ޖެހިފަ...

23 Jul 2021 | 17:07

ކޯވިޑް-19އަށް އިތުރު 92 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން 48 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން 21 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުންވެސް ކޯވިޑް ޖެހިފައިވަނީ 18 މީހުންނަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން ފަސް މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،940 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،606 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 11 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 73،710 އަށް އަރާފައި އެވެ.

އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 218 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 76،546 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް