ޕާކިސްތާނުގައި "ރަހުނު" ކޮށްފައި ހުރި މިސްބާހު ރާއްޖެ އައުމުން ހުކުމް ތަންފީޒު ކުރަން ޖަލަށް

ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދު ރާއްޖެއައުމުން ފުލުހުންގެ ބެލުމުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ހަވާލުކޮށްފި އެވެ. އޭނާ މާލެ އައިސްފައިވަނީ މިދ...

23 Jul 2021 | 14:39

ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދު ރާއްޖެއައުމުން ފުލުހުންގެ ބެލުމުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ހަވާލުކޮށްފި އެވެ.

އޭނާ މާލެ އައިސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭރުންސުރެ ފުލުހުންނަށް މިސްބާހު ގެއްލިގެން އާއިލާއިން މައްސަލަ ހުށަހަޅާފައިވާއިރު ފުލުހުން އާންމުންގެ އެހީތެރި ކަމަށް އެދުނީ މިދިޔަ މެއި މަހު ކުރީ ކޮޅެވެ.

މި މައްސަލައިގަ މިދިޔަ މަހު ކުރީކޮޅު ފުލުހުން ބުނީ އޭނާ ހުރި ކަމަށް ބެލެވެނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޕާކިސްތާނުގައި ރަހުނު ކޮށްފައި ކަމަށެވެ. އޭނާ ޕާކިސްތާނަށް ދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ ރާއްޖެއިން ދުބާއީއަށް ގޮސް ދުބާއީ މަގުން އެ މަހުގެ 23 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިސްބާހު މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. އޭނަ ރާއްޖެ އައުމާިއ އެކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެވެ.

އަދި އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރަން މިސްބާހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ ކޮންމެ މައަސްލައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ މިސްބާހު ޕާކިސްތާނަށް ދިއުމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އިމިގްރޭޝަންގެ ރެކޯޑުތަކުން ދައްކާގޮތުގައި އޭނާ ރާއްޖެއިން ދުބާއީއަށް ދިޔައީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، އައްޑޫ ސިޓީ ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާ އެކު ކަމަށެވެ. އެކަމަކު އިރުފާން ވަނީ ވަނީ ނޮވެމްބަރު މަހުގެ22 ވަނަ ދުވަހު އެނބުރި ދުބާއީ ރާއްޖެ އައިސްފަ ކަމަށް ފުލުހުން ބުނެ އެވެ.

އިރުފާން ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު “މަސްޖަރީ-2” ނަމަކަށް ކިޔާ ދޯންޏެއްގައި ކަންޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެމީހުން ރާއްޖެއިން ދުބާއީއަށް ފުރި ދުވަހު އެއާޕޯޓަށް ގޮސްފައިވަނީ 72 ކިލޯގެ މަސްތުވާތަކެތި ފެނުނީ ކާރުގައި ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުނ މިސްބާހު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކުރަނިކޮށް ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެންނެވެ. އަދި އިރުފާންއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި “ރަހުނު” އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް