އައްޑޫ-ފޭދޫ މީހުންނަށް ހިތަދޫން ގޯތި ލިބޭ ގޮތް ހަދަނީ

އައްޑޫ ސިޓީ ފޭދޫ މީހުންނަށް ހިތަދޫން ގޯތި ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޓީވީ ޕްރޮގުރާމެއްގައި ރޭގެ ވަގުތެއްގައި ވާހަކަދައްކަވަ...

23 Jul 2021 | 13:17

އައްޑޫ ސިޓީ ފޭދޫ މީހުންނަށް ހިތަދޫން ގޯތި ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޓީވީ ޕްރޮގުރާމެއްގައި ރޭގެ ވަގުތެއްގައި ވާހަކަދައްކަވަމުންނެވެ.

ނިޒާރު ވިދާޅުވީ ބިމުގެ ޕްލޭން ނުހެދެނީސް ދައުލަތުގެެ އެއްވެސް އިދާރާއަކަށް ފޭދޫން ބިން ދޫނުކުރާނެ ކަމަށާއި އެގޮތަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި ބިމުގެ ޕްލޭން ހެދުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި އެ ޕްލޭނުގެ ދަށުން ފޭދޫގެ ގޯތީގެ މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނަމަވެސް ފޭދޫގައި ގޯތި ބޭނުންވާ ހުރިހާ ފަރާތްތަކަކަށް ގޯތި ދެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި ގޯތި ދެވޭނެ އަދަދު އެނގޭނީ ގޯތި ބޭނުންވާ މީހުންގެ އަދަދަށް ބެލުމަށްފަހު ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވިދާޅުވީ، އައްޑޫގައި ގޯތި ބޭނުންވާ ފަރާތްތަކަށް ބިން ހިއްކިގެންދާއިރު ގޯތި ދެވޭނެ ކަމަށާއި އެގޮތުން 90 ހެކްޓަރުގެ ބިން ހިތަދޫގައި ވެސް ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުއަށް 70-75 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް