ޓިކްޓޮކުން ވިދާލި އަދި މިހާރު ދިވެހި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ މަރިޔަމް ޝިފާ މިފަހަރު ބޮޑު އީދު ފާހަގަ ކުރަން ދިޔައީ ކ. ހިންމަފުއްޓަށެވެ.
ޝިފާ ހިންމަފުއްޓަށް ދިޔަ ދުވަހެއް ނޭނގެ އެވެ. އެންމެ ފުރަތަމަ އެ ރަށުގައި އީދު ފާހަގަ ކުރަމުންދާކަން ހާމަކުރީ އިއްޔެ އެވެ.
ޝިފާގެ އިންސްޓަގްރާމް ޕޭޖުގައިވަނީ އީދު މުބާރިކު ކިޔުމަށް ފަހު އޭނާ ގަޔަށް ކުލަ ޖަހާފައިވާ ފޮޓޯއެއް ޕޯސްޓުކޮށްފައި އެވެ. ފޮޓޯގައި ޝިފާ ކަޅު ކުލައިގެ ހެދުމަކާއި ކަޅު ކުލައިގެ ބުރުގާއެއް އަޅައިގެން ހުރި އިރު ކަންފަތް ކައިރީ ދަނބު ކުލައިގެ ރީތި މަލެއް ޖަހާލާފައި އިނެވެ.
ޝިފާގެ އެ ފޮޓޯއަށް ވަނީ ތިން ހާހަށްވުރެ ގިނަ މީހުން ލައިކް ދީފައި އެވެ
https://www.instagram.com/p/CRnyqkdp5JJ/
މީގެ އިތުރުން މިއަދުވެސް ޝިފާ ވަނީ ހިތްމަފުށީގެ ހިތްގައިމު މާހައުލުގައި އީދު ފާހަގަކޮށް ކުލަ ކުޅޭ ފޮޓޯތަކެއް އާންމުކޮށްފައި އެވެ. ފޮޓޯތަކުން އެނގޭ ގޮތުގައި ޝިފާ އީދަށް ހިންމަފުއްޓަށް ގޮސް އުޅެނީ އެކުވެރިންތަކަކާއި އެކު އެވެ.
https://www.instagram.com/p/CRqQ52uJQ0c/
ޝިފާ އެންމެ ފުރަތަމަ ކުޅުނު ދިވެހި ފިލްމަކީ "ދެވަންސޫރަ" އެވެ.
މިމަހުގެ ތެރޭގައި ޝިފާ ބުރުގާ އަޅާފައިވާއިރު މިއީ އޭނާ ބުރުގާ އެޅި ދެވަނަ ފަހަރެވެ. ޝިފާ ބުނެފައިވަނީ ދެން އޭނާ ބުރުގާ ނުބާލާނެ ކަމަށާއި ބުރުގާ އަޅައިގެންވެސް ފިލްމީ ދާއިރާ އާއި ޓިކްޓޮކުން އޭނާގެ ސަޕޯޓަރުންނަށް ފެންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް