ހުރިހާ ކަމަކީީ އަޑުގަދަކޮށްގެން ހައްލުވާނެ ކަންކަން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އޭނާ ވިދާޅުވީ ހުރިހާ ކަމަކީ އަޑުގަދަކޮށް ނުވަތަ އަނގަ ގަދަކޮށްގެން ހައްލުވާނެ ކަންކަން ނޫން ކަމަށެވެ. އަދި ބައެއް ކަންކަން ހައްލުކުރަން ރަނގަޅު ގޮތްތަކެއް ރާވައިގެން ވިސްނުންތެރިކަން އިސްކޮށް، ބަސްމަދުކޮށް އަމަލު ގިނަ ކުރާ އުސޫލު މުހިއްމު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
https://twitter.com/Roxeyna/status/1418318092615053313
ރޮޒެއިނާ މި މޭރުމުން ޓްވީޓެއް ކުރެއްވި އިރު، މި ފަހަކަށް އައިސް އެމްޑީޕީގެ އެތެރޭގެ ބައިބައިވުމާއި ކޯޅުން ބޮޑުވެ އަދި ސަރުކާރަށް ވެސް އެ ޕާޓީގެ ބައެއް މެމްބަރުން ބަހުގެ ހަމަލާ ރައްދު ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ސަރުކާރަށާއި އަދި ކޯލިޝަންގެ ބައެއް ޕާޓީތަކަށް ފާޑު ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް