2500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެއް މިފްކޯއިން ގަނެފި

ދެހާސް ފަސްސަތޭކަ ޓަނުގެ މަސް ފިނި ކޮށްގެން ދަތުރު ކުރެވޭ ބޯޓެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް (މިފްކޯ) އިން ގަނެފިއެވެ. މިކަމާއި ގުޅިގެން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވ...

23 Jul 2021 | 09:38

ދެހާސް ފަސްސަތޭކަ ޓަނުގެ މަސް ފިނި ކޮށްގެން ދަތުރު ކުރެވޭ ބޯޓެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް (މިފްކޯ) އިން ގަނެފިއެވެ.

މިކަމާއި ގުޅިގެން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ އެ ކުންފުނިން ގަނެގެން ގެނައި 2500 ޓަނުގެ މި ބޯޓަކީ މަސް ހިފައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރާ ބޯޓެއް ކަމަށެވެ.

އެ ބޯޓުގެ ސަބަބުން މަސް ނުކިރިގެން މަސްވެރިން އުފުލަން ޖެހޭ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މީގެ ކުރިން، ތައިލެންޑްގެ ކުންފުންޏަކުން ގެންގުޅުނު، ދިގުމިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރުގެ ބޯޓަށް ދީފައިވާ ނަމަކީ "ޖަޒީރާ ރީފާ" އެވެ. މި ބޯޓު ރާއްޖެ ގެނައީ އިއްޔެގެ ވަގުތެއްގައެވެ.

މި ބޯޓުގެ އަގަކީ 1.8 މިލިއަން ޑޮލަރަށް (27.8 މިލިއަން ރުފިޔާ) އެވެ. މި ބޯޓަކީ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ބޯޓެއް ކަމަށްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް