ކުޝާލްގެ ރެސްޓޯރެންޓު ހަލާކުވުމުން ކޯވިޑާއި ވިއްސާރަދެކެ ރުޅި އަތުވެއްޖެ!

އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގަ މަޝްހޫރު ޓީވީ ބަތަލް ކުޝާލް ތަންޑޯލް މުމްބާއީގައި ހިންގާ ރެސްޓޯރެންޓު އެއްކޮށްހެން ހަލާކުވެއްޖެ އެވެ. ރެސްޓޯރެންޓު ހަލާކުވިކަން ހާމަ ކުރީ އޭނާ އިއްޔެ...

23 Jul 2021 | 09:26

އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގަ މަޝްހޫރު ޓީވީ ބަތަލް ކުޝާލް ތަންޑޯލް މުމްބާއީގައި ހިންގާ ރެސްޓޯރެންޓު އެއްކޮށްހެން ހަލާކުވެއްޖެ އެވެ.

ރެސްޓޯރެންޓު ހަލާކުވިކަން ހާމަ ކުރީ އޭނާ އިއްޔެ އެވެ. އޭނާ ބުނީ ގަދަވަޔާއި ވިއްސާރައިގެ ސަބަބުން ރެސްޓޯރެންޓު ހަލާކުވެ ލިބުނު ގެއްލުމުގެ އަގު 25-20 ލައްކަ ރުޕީސްއަށް އަރާ ކަމަށެވެ.

ކުޝާލް އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވަނީ އޭނާގެ ރެސްޓޯރެންޓު ހަލާކުވާވާ ވަރަށް ވާރޭވެހުމުން މުމްބާއީއަށް ވެހެމުންދާ ވާރެއަށް ޝުކުރު އަދާ ކުރާކަމަށެވެ. އޭނާ ވަނީ ވިއްސާރައިގަ ތަން އެއްކޮށް ހަލާކުވީ ކޯވިޑުން ވީވަރު ކުޑަކަމުންތޯ ސުވާލުކޮށްފައި އެވެ.

އަދި ބުނެފައިވަނީ ވިއްސާރައަށް އެކަން ކާމިޔާބު ވެއްޖެ ކަމަށެވެ. ކުޝާލް ބުނީ ތަނަށް ވަރަށް ބޮޑަށް ގެއްލުންވިޔަސް ހާދިސާ ހިނގި ވަގުތު އެތަނުގައި ހުރި ސެކިއުރިޓީ ގާޑު ސަލާމަތްވެފައިވާތީ ޝުކުރުވެރިވާ ކަމަށެވެ.

ކުޝާލް ރެސްޓޯރެންޓު ހަލާކުވުމުން މިހާ ދެރަވެފައި މިވަނީ އޭނާއަށް އެތަން ރަނގަޅަށް ހިންގާ ނުލެވެނީސް އެއްކޮށް ހަލާކުވުމުންނެވެ. މިދިޔަ އަހަރު ހުޅުވި އެ ރެސްޓޯރެންޓު ހުޅުވިތާ މަހެއް ނުވަނީސް ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް