ރޭގައި ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑު އިވުނީ ބަޔަކު ވެލްޑިން ކުރުމުގެ ތެރޭގައި ހިނގާދިޔަ އެކްސިޑެންޓަކުން ކަމުގައި ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ ހުޅުމާލޭ ބޯގަންވިލާ މަގު ސަރަހައްދުގައި ރޭ 12:35 ހާއިރު ބާރުގަދަ އަޑެއް ގޮވުމާ ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައި މަސައްކަތްކޮށް އެ ސަރަހައްދުގައި ތިބި މީހުންނާއި ސުވާލުކޮށް ކުރަންޖެހޭ ކަންކަން ކޮށްފައިވާނެ ކަމަށެވެ.
"މިހާތަނަށް ބެލި ބެލުމުން ބާރުގަދަ އަޑެއް ގޮވާފައިވަނީ ހުޅުމާލޭ ލޮޓް ނަންބަރު 1138 ގެ ޓެރެސްމަތީ ވެލްޑިން ކުރުމުގައި ހަރަކާތްތެރިވުމުގެ ތެރޭގައި ހިނގި އެކްސިޑެންޓަކުންކަން އެނގިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް