ހުޅުމާލޭގައި ބާރު އަޑަކާއެކު އެއްޗެއް ގޮވި ކަމަށް ބެލެވިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި ބާރު އަޑަކާއެކު އެއްޗެއް ގޮވި ކަމަށް ބެލެވިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނާއި ސިފައިންގެ ބޭކަލުން ހަރަކާތްތެރިވަމުން ދަނީ ...

22 Jul 2021 | 20:28

ހުޅުމާލޭގައި ބާރު އަޑަކާއެކު އެއްޗެއް ގޮވި ކަމަށް ބެލެވިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނާއި ސިފައިންގެ ބޭކަލުން ހަރަކާތްތެރިވަމުން ދަނީ ހުޅުމާލެ ރަބަރުގަސް މަގު 6 ނަންބަރު ގޯޅި ސަރަހައްދުގައެވެ.

ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދަނީ ހުޅުމާލެ ރަބަރުގަސް މަގު ހަ ނަންބަރު ގޯޅި ކައިރީގައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑު އިވުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަަށެވެ. ހާދިސާއާއި ގުޅިގެން ސިފައިންގެ ފަރާތުން އަދި މަޢުލޫމާތެއް ނުލިބެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުންގެ ދެ ވެހިކަލަކާއި ސިފައިންގެ ދެ ވެހިކަލެއް އެބައޮތެވެ. އަދި ސިފައިންގެ އިސް ބޭފުޅެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީއުވެސް ވަޑައިގެން އެބަ ހުންނެވިއެވެ. އަދި ސިފައިންގެ ސްޕެޝަލް ފޯސް އިން ދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް