ގިނައިން މަސްކާނަމަ އުމުރު ދިގުވޭ: ދިރާސާ

ގިނައިން މަސް ކާނަމަ އުމުރު ދިގުވާކަމުގައި ދިރާސާއަކުން ދައްކައިފި އެވެ. މި ދިރާސާއަކީ 16 އަހަރުގެ ޑާޓާ އެނަލައިޒް ކުރުމަށްފަހު ޝާއިޢުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ބައި މިލިޔަން އަންހެނުންނާއ...

22 Jul 2018 | 23:29

ގިނައިން މަސް ކާނަމަ އުމުރު ދިގުވާކަމުގައި ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާއަކީ 16 އަހަރުގެ ޑާޓާ އެނަލައިޒް ކުރުމަށްފަހު ޝާއިޢުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ބައި މިލިޔަން އަންހެނުންނާއި ފިރިހެނުންގެ ޑާޓާ ހިމެނެ އެވެ.

މި ދިރާސާގައިވާގޮތުގައި ނިއުޓްރިއަސް ޑައިޓަކަށް މަހަކީ ވަރަށް މުހިންމު އެއްޗެކެވެ. އޭގައި ޕްރޮޓީނާއި ވިޓަމިން އަދި ސިއްހަތަށް ފައިދާހުރި ތެޔޮ ގިނަ ކަމަށް ދިރާސާގައި ވެ އެވެ. އަދި ތެޔޮކޮށް ހުންނަ މަހުގައި އޮމެގާ ތިނެއް ހުންނައިރު މަހުގެ ތެލުން ލިބޭ ފައިދާ އިންތިހާއަށް ބޮޑުކަމުގައި މި ދިރާސާއިން ދައްކާފައި ވެ އެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައިވާގޮތުގައި އޮމެގާ ތިނަކީ އުމުރު ދިގުކޮށްދޭ އަދި ލޮލުގެ ފެނުން ރަނގަޅުކޮށްދީ އިންސާނާގެ ނަފްސާނީ ހާލަތު ރަނގަޅުކޮށްދޭ މާއްދާއެއްކަމުގައިވާއިރު މަހުގައި އޮމެގޭ ތިނެއް ގިނަ އަދަދަކަށް އެކުލެވޭ ކަމަށެވެ.

އިތުރަށް ކިޔާލަން:

ދެ ދުވަހުން އެއް ކިލޯ ލުއި ކޮށްލެވޭ ވަރު ޑައިޓެއް

ބައިވެރިޔާ ރުޅި ގަދަވާނަމަ މިކަންކަމަށް ވިސްނައިލާށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް