ރޯދަ މަސް ނިމުނު އިރު ފަލަވި ކުދިންނަށް މި ޑައިޓަކީ ވަރަށް އެކަށޭނެ ޑައިޓެކެވެ. އަދި ފަސޭހައިން ބަރުދަން ލުއިކޮށްލާ ލޫޅާފަތި ހަށިގަނޑެއް ބޭނުންވާ ކުދިންނަށްވެސް މިއީ ފައްކާވާނެ ޑައިޓެއް ކަމުގައި އުންމީދު ކުރަމެވެ.
ހެނދުނުގެ ނާސްތާ:
ފެނު ކެއްކި ތިން ބިސް
އެއް ތަށި ގްރީން ޓީ
މެންދުރު ނާސްތާ:
ފެނު ކެއްކި ތިން ބިސް
އާފަލެއް (ފެހި އަދި ރަތް ވިޔަސް ހަމަ އޯކޭ)
އެއް ތަށި ގްރީން ޓީ
ހަވީރު ސައިގަޑި:
އެއް އާފަލު (ރަތް އަދި ފެހި ވިޔަސް ހަމަ އޯކޭ)
އެއް ތަށި ގްރީން ޓީ
ރޭގަނޑު ކެއުން:
އެއް ތަށި އޯޓްސް (ރަހަ މީރުކޮށްލަން ކެޝިއު ނަޓްސް އަދި އަލްމަންޑްސް ބޭނުން ކުރެވިދާނެ – ހަކުރު ނާޅާ)
ރޭގަނޑު ނިދުމުގެ ތިރީސް މިނެޓް ކުރިން:
އެއް ތަށި ގްރީން ޓީ
ނޯޓް: މި ޑައިޓް ބޭނުން ކުރަމުން ދާއިރު ބަނޑުހައިވާ ކޮންމެ ވަގުތަކު ކިއުކަމްބާ އާއި ކެރަޓް ކެވިދާނެ އެވެ. އަދި ޑައިޓް ބޭނުން ކުރާއިރު އަކުނިވަޔަށް ދަމާނަމަ ލޮނުޕެކެޓް ބޭނުން ކުރެވިދާނެ އެވެ.
މި ޑައިޓްގެ އަޖުމަ ބަލާފައިވާ ފަރާތްތަކުން ބުނެފައިވާގޮތުގައި މި ޑައިޓުން ދެ ދުވަހުގެ ތެރޭގައި ކިލޯއެއް ލުއިކޮށްލަދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް