ރިސޯޓެއް ހަދަމުންދާ ރަށެއްގައި ބިދޭސީއަކަށް އަނިޔާކޮށްފި

ރިސޯޓެއް ހަދަމުންދާ ބ. ވައްކަރުގައި ބިދޭސީއަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ހަވީރު ކަމަށެވެ. މި ހާދިސާގައި އެ ބިދޭސީ މީ...

23 Jul 2017 | 17:23

ރިސޯޓެއް ހަދަމުންދާ ބ. ވައްކަރުގައި ބިދޭސީއަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ހަވީރު ކަމަށެވެ. މި ހާދިސާގައި އެ ބިދޭސީ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ނަމަވެސް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި އެވެ. އެކަމަކު އޭނާއަށް ފަރުވާދިނީ ކޮން ހޮސްޕިޓަލެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ ބިދޭސީ މީހާއަށް އަނިޔާ ކުރީ އެ ރަށުގައި އެއްކޮން މަސައްކަތް ކުރި ބިދޭސީން ތަކެކެވެ. މި މައްސަލައިގަ މިހާތަނަށް ފުލުހުން ވަނީ ތިން ބިދޭސީ އަކު ހައްޔަރުކޮށްފައި އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް