މިނިވަން ދުވަހާއި ދިމާކޮށް އޭސް ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނެއް!

ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަސް ފާހަގަ ކުރުމަށް އޭސް ހާޑްވެއާއިން ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ މިމަހުގެ 19 ން 25 ގެ ނިޔަލަށެވެ. ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތުދެއ...

23 Jul 2017 | 10:02

ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަސް ފާހަގަ ކުރުމަށް އޭސް ހާޑްވެއާއިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ މިމަހުގެ 19 ން 25 ގެ ނިޔަލަށެވެ.

ޕްރޮމޯޝަނާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ ކުންފުނީގެ އެސިސްޓަންޓް މާކެޓިން މެނޭޖަރު ރީނާ ޝަފީގު ވިދާޅުވީ އެ މުއްދަތު އޭސް ހާޑުވެއާގެ ފިހާރަތަކުން ވިޔަފާރި ކުރައްވާ ކޮންމެ މީހަކަށް 100 ރުފިޔާގެ ޑިސްކައުންޓު ކާޑެއް ލިބޭނެ ކަމަށެވެ. އަދި އެ ކާޑު ބޭނުން ކުރެވޭނީ މިނިވަން ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަން ދުވަސް ކަމަށްވާ މިމަހުގެ 26 ގައި ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރި ކޮށްގެން ލިބޭ ޑިސްކައުންޓް ކާޑު ހިފައިގެން ގޮސް 500 ރުފިޔާއިން މަތިން ވިޔަފާރި ކުރުމުން ޖުމްލަ އަގުން 100 ރުފިޔާ ކަނޑާ ދޭނެ އެވެ.

މި ޕްރޮމޯޝަން އޭސް ހާޑްވެއާ އާއި ކަލާ ބޭންކުގައި ކުރިޔަށްދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް