ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ސަހްޝު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ކްރިމިނަލް ކޯޓަށް ވަޑައިގެންފި އެވެ.
މިއީ ކޯޓެއްގައި ހިނގަމުންދާ ޝަރީއަތަކަށް މައުމޫން މިފަހަކުން ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޝަރިއަތް ހިނގަމުންދާ މާލަމަށް ވެންނެވުމުގެ ކުރިން ދެ ބޭފުޅުން ވަނީ ބައްދަލު ކުރައްވާ ސަލާމް ކުރައްވާފައި އެވެ.
ސަހްޝު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް އުފުލާފައިވަނީ ގަވައިދާ ހިލާފަށް ހުއްދަ ނެތި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރިކަމަށް ބުނެ އެވެ. އެ ދައުވާއަށް ފާރިސް ވަނީ އިންކާރު ކުރައްވާފައި އެވެ. މިއަދު ކުރިޔަށް ގެންދާނީ ދައުވާގެ އިބްތިދާއީ އަޑު އެހުމެވެ.
ސަހްޝު އޮޅުވާލުމުގެ ދައުވާ އޭނާ މައްޗަށް އުފުލާފައިވާއިރު ފާރިސް އާއި ދެކޮޅަށް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ދައުވާ ކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އެކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން އޭނާ ހުންނެވީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި އެވެ.
މިއަދު ކޯޓަށް ހާޒިރު ކުރީވެސް ފުލުހުންގެ ބެލުމުގެ ދަށުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް