ނުވަދިހާގެ އަހަރުތަކުގައި ނިކުތް ދިވެހިންގެ މެދުގައިވެސް މަގުބޫލުވި ހޮލީވުޑްގެ މަޝްޙޫރު ފިލްމު "ހޯމް އެލޯން" ގައި ބައްޕައެއްގެ ރޯލު ކުޅުނު ޖޯން ހާޑް ހޮޓަލެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެމެރިކާގެ މީޑިއާއިން ބުނާ ގޮތުގައި އުމުރުން 72 އަހަރުގެ ހާޑް މަރުވެފައިވާ އޮއްވާ ފެނުނީ އޭނާ ސާޖަރީ އެއްކޮށް ރަނގަޅުވިތާ ކުޑަ ދުވަސް ކޮޅެއް ވެފައިވަނިކޮށެވެ.
ހާޑްއަށް ފިލްމީ ދާއިރާގައި އެންމެ ބޮޑު މަޤުބޫލުކަމެއް ލިބުނީ އެލޯންގެ ފުރަތަމަ ފިލްމާއި ދެވަނަ ފިލްމުގައި އޭނާ ބައްޕައެއްގެ ގޮތުން ދައްކައިދިން އެކްޓިންގެ ސަބަބުންނެވެ.
އޭނާ ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި ބިޓް ވީން ދަ ލައިންސް، ހާރޓް ބީޓް، އަދި ކަރޓާރސް ވޭ ފަދަ މަޝްޙޫރު ފިލްމުތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް