ޑަޔާނާގެ ހަނދާނުގައި ހެދި ޑޮކިއުމެންޓްރީގައި ކުރިން ނުފެންނަ ފޮޓޯތަކެއް

އިނގިރޭސި ޝާހީ ޢާއިލާގެ ދަރިކަނބަލުން ޕްރިންސަސް ޑަޔާނާގެ މަރުގެ ހަނދާނުގައި އެކަމަނާގެ ދެ ދަރިކަލުން ޕްރިންސް ހެރީ އަދި ޕްރިންސް ވިލިއަމްސް ތައްޔާރުކުރި ޑޮކިއުމެންޓްރީ ދައްކާލައިފި އެވެ. އައިޓިވީން ދ...

23 Jul 2017 | 06:23

އިނގިރޭސި ޝާހީ ޢާއިލާގެ ދަރިކަނބަލުން ޕްރިންސަސް ޑަޔާނާގެ މަރުގެ ހަނދާނުގައި އެކަމަނާގެ ދެ ދަރިކަލުން ޕްރިންސް ހެރީ އަދި ޕްރިންސް ވިލިއަމްސް ތައްޔާރުކުރި ޑޮކިއުމެންޓްރީ ދައްކާލައިފި އެވެ.

އައިޓިވީން ދެއްކި އެ ޑޮކިއުމެންޓްރީގައި ޑަޔާނާ މަރުވިތާ 20 އަހަރު ފުރުމުގެ ހަނދާނުގައި މީގެ ކުރިން އެއްވެސް ބަޔަކަށް ނުފެންނަ އެނާގެ އާއިލާގެ ފޮޓޯތަކެއް ހިމަނާފައިވެ އެވެ.

ޑޮކިއުމެންޓްރީގައި ހެރީ އަދި ވިލިއަމްސް، މަންމައާއެކު ހޭދަކުރި ވަގުތުތަކުގެ ހަނދާތައް ހިއްސާ ކޮށްފައިވެ އެވެ. މަންމަ މަރުވި ދުވަހު މަރުވުމުގެ ކުރިން ކުރި ފޯނު ކޯލުގެ ވާހަކަކިޔާދިނެވެ.

ޑަޔާނާ މަރުވީ ޕެރިސްގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި 1997 ވަނަ އަހަރު އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް