“ސްޓީލިން ޕެރެޑައިޒް” ރީ ބްރޯޑްކާސްޓުކޮށްގެން މީޑިއާ ނެޓުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހުނު ފަސް ލައްކަ ރުފިޔާއިން އެ ކުންފުނިން ދައްކައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު މީޑިއާގައި ވިދާޅުވީ އެ ފައިސާ މީޑިއާ ނެޓުން ދެއްކީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެ ފައިސާ ދައްކާފައި މިވަނީ އެ ޖޫރިމަނާ އަލުން މުރާޖާ ކޮށްދިނުމަށް އެ ކުންފުނިން ބްރޯޑްކޮމްގައި އެދުމަށް ފަހު އެވެ.
ޖޫރިމަނާގެ އިތުރުން ބްރޯޑްކޮމްއިން ވަނީ އެކަމަށް މައާފަށް އެދުމަށްވެސް އަންގާފައި އެވެ. އެ ކުންފުނި ޖޫރިމަނާ ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައިވަނީ މީޑިއާ ނެޓު ޖޫރިމަނާ ކުރީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުން ކަމަށެވެ.
“ސްޓީލިން ޕެރެޑައިސް” ޔޫޓިއުބުގައި އާންމު ކުރުމުން އޭރު ބްރޯޑްކޮމްއިން ވަނީ އެ ޑޮކިއުމެންޓްރީ ބްރޯޑްކާސްޓުކޮށް ނުވަތަ ރީ ބްރޯޑުކާސްޓު ކުރުމުގައި ސަމާލުވުމަށް އަންގާފައި އެވެ. އަދި އަބުރުގެ ގާނޫނާއި ބްރޯޑްކާސްޓް ގާނޫނާއި އޭގެ ދަށުން ހަދާފައިވާ ގަވައިދުތަކާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ކޮށް އަދި ރީބްރޯޑްކާސްޓްކުރިކަން ސާބިތުވެއްޖެނަމަ އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް