ހަތަރު ރަށެއްގެ ނަރުދަމާ ނަރުދަމާ ނިޒާމް އަދި ބ. ހިތާދޫގެ ފެނުގެ ޑިޒައިން ކުރުމަށް ބަޔަކާ ޙަވާލުކޮށްފި

ގދ. ފިޔޯރި، ނ. ލަންދޫ، އދ. ހަންޏާމީދޫ އަދި ރ. މާކުރަތުގެ ނަރުދަމާ ނިޒާމް އަދި ބ. ހިތާދޫގެ ފެނުގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ...

23 Jul 2015 | 17:44

ގދ. ފިޔޯރި، ނ. ލަންދޫ، އދ. ހަންޏާމީދޫ އަދި ރ. މާކުރަތުގެ ނަރުދަމާ ނިޒާމް އަދި ބ. ހިތާދޫގެ ފެނުގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަ ކުރެއްވި ގޮތުގައި ނ. ލަންދޫ، އދ. ހަންޏާމީދޫ އަދި ރ. މާކުރަތުގެ ނަރުދަމާ ނަރުދަމާ ނިޒާމް އަދި ބ. ހިތާދޫގެ ފެނުގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުން ހަވާލު ކުރެވިފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑަށެވެ. ގދ. ފިޔޯރީގެ ނަރުދަމާ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުން ހަވާލު ކުރެވިފައިވަނީ ސޭންޑް ކޭސްއަށެވެ. މިކޮންސަލްޓަންސީ މަސައްކަތް ހަވާލުކުރުންއޮތީ އެކަމަށްޓަކައި މިއަދު މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް އިބްރާހިމް އެވެ.

ނ. ލަންދޫ، އދ. ހަންޏާމީދޫ އަދި ރ. މާކުރަތުގެ ނަރުދަމާ ނިޒާމް އަދި ބ. ހިތާދޫގެ ފެނުގެ ޑިޒައިންގ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވަނީ 1،194،765.94 ރ. (އެއް މިލިޔަން އެއްސަތޭކަ ނުވަދިހަހަތަރު ހާސް ހަތްސަތޭކަ ފަސްދޯޅަސް ފަސް ރުފިޔާ ނުވަދިހަ ހަތަރު ލާރި) އަދި ގދ. ފިޔޯރީގެ ނަރުދަމާ ނިޒާމް ޑިޒައިންގ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވަނީ 343،970 ރ (ތިންސަތޭކަ ސާޅީސް ތިން ހާސް ނުވަސަތޭކަ ހަތްދިހަ ރުފިޔާ) އަށެވެ.

މި ދެ މަޝްރޫޢު ޑިޒައިން މަސައްކަތް ނިންމުމަށް އެފަރާތުން ހުށަހަޅުއްވާފައިވާ މުއްދަތަކަކީ ސޮއިކުރާ ތާރީޚިން ފެށިގެން 06 މަސް ދުވަސް ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް