ރައީސް ނަޝީދުގެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރަން ސަރުކާރުން ނިންމައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރަން ޕޮރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ. މުހައްމަދު ނަޝީދުގެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރުމާ ބެހޭގޮތުން ޕީޖީ...

23 Jul 2015 | 16:43

ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރަން ޕޮރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މުހައްމަދު ނަޝީދުގެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރުމާ ބެހޭގޮތުން ޕީޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާފައިވަނީ ދައުވާގެ ޝަރީއަތް ގެންގޮސްފައިވާ ގޮތާއި މެދު އެކި ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީއާއި، އެމައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމުގައި ނަޝީދުގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށާއި، ތައްޔާރުވުމަށް އެކަށީގެންވާ ވަގުތާ ފުރުސަތު ލިބިފައި ނުވާ ކަމަށް އަދި އިސްތިއުނާފު ކުރުމަށް މައްސަލަައިގެ ލިޔުންތައް ލިބިފައިނުވާ ކަމަށް ނަޝީދުގެ ފަރާތުން ހާމަކޮށް އިސްތިއުނާފުކޮށްދިނުމަށް އެދިފައިވާތީ ކަމަށެވެ.

ޕީޖީން އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމި އިރު އެމަނިކުފާނު މިހާރު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި މިނިވަން ދުވަހާއި ދިމާކޮށް އެމަނިކުފާނު މިނިވަން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް