ރަސްމީ ގެކޮޅުގެ ގޮތުގައި ހިލާލީގެ ބޭނުން ނުކުރުމަށާ މުސާރައިގެ ދެބައިކުޅަ އެއްބައި ނެގުމަށް ނައިބުރައީސް އަހުމަދު އަދީބް ނިންމަވައިފި އެވެ.
ނައިބު ރައީސް އަހުމަދު އަދީބް މިގޮތަށް ނިންމެވިކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފހުރެ ތަރުޖަމާނު ކުރެއްވި އިބްރާހީމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައެވެ.
https://twitter.com/SpokespersonMV/status/624210360841584640
ނައިބު ރައީސް އަދީބަށް ރުހުން ދޭން ފެންނަ ކަމަށް 70 މެމްބަރަކު ވޯޓުދެއްވާފައިވާއިރު އެމަނިކުފާނަށް ރުހުން ދެއްވުމާ ދެކޮޅަށް 7 މެމްބަރުން ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 4 މެމްބަރަކު ތިއްބެވިއެވެ.
ނައިބު ރައީސް އަދީބަށް މަޖިލީހުން ރުހުން ދެއްވިއިރު، މަގާމުގެ ހުވާ އެމަނިކުފާނު ކުރައްވާފައި ވަނީ 22 ޖުލައި 2015 ވީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
ނައިބު ރައީސްކަމުގެ މަގާމަށް އަދީބު އައްޔަންކުރެއްވީ، ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ޑރ. މުޙައްމަދު ޖަމީލް އަޙުމަދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ އެމަނިކުފާނު ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް