އެެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ސަބްމެރިން އެއް ހިފަހައްޓައި ހަތް ޓަނަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ސަބްމެރިން އެއް ހިފަހައްޓައި ހަތް ޓަނަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މި ސަބްމެރިން އަތުލައިގެންފައުވަނީ އެމެރިކާގެ ނޭވީއާއި ، ކަސްޓަމްސްއާއި އަދި ބޯޑަރ...

23 Jul 2015 | 08:49

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ސަބްމެރިން އެއް ހިފަހައްޓައި ހަތް ޓަނަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި ސަބްމެރިން އަތުލައިގެންފައުވަނީ އެމެރިކާގެ ނޭވީއާއި ، ކަސްޓަމްސްއާއި އަދި ބޯޑަރ ޕްރޮޓެކްޝަން އެންޑް ކޯސްޓްގާރޑް ގުޅިގެން މިދިޔަ ހުކުރު ހޮނިހިރު ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެލް ސަލްވަޑޯރ ގެ ބޭރުން އިންޓަނޭޝަނަލް ކަނޑުގެ ސަރަހައްދަކުންއެވެ. އަތުލައިގެންފައިވަނީ 7650 ކިލޯގެ ކޮކެއިންއެވެ. މިތަކެތީގެ އަގު އެތައް ސަތޭކަ މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މި އޮޕަރޭޝަންގައި ހަތަރު މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތް ތަކުން މައުލޫމާތުދެއެވެ.

މަސްތުވާތަކެތިއެތެރެކުރަން ސަބްމެރިން އެއް ބޭނުން ކޮށްފައި މިވަނީ ސަބްމެރިން ދެނެގަނެ އަތުލައިގަންނަން އުނދަގޫވާނެކަމަށްވާތީ ކަމަށް ވަނީ ބެލެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް